ވަގަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ބިދޭސީއަކު 53،000 ރުފިޔާައެކު އަތުލައިގެންފި

ވަގަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ބިދޭސީއަކު 53،000 ރުފިޔާައެކު އަތުލައިގެންފި

ގަވާއިދާހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ސައްދާމް ހޮސަން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން މިއަދު ކަންނެލި ޖެޓީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް، އޭނާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ޝައްކުވެގެން ކަމަށެވެ.

ސައްދާމް ހޮސަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި، ދުންފަތާަައި، ސިނގިރޭޓް ފިލްޓަރާއި ރިޒްލާގެ އިތުރުން 53،000 ރުފިޔާ ފެނުނު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *