ކުރީގެ ރައީސުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ކުރީގެ ރައީސުންގެ ތެރެއިން ރައީސް މައުމޫން އަބްދުލްގަތްޔޫމަށް ދިވެހި ދައުލަތުން މިހާރު ދެމުން އަންނަ އެއްވެސް އިނާޔަތެއް އުނިކުރުމާ ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ވިދާޅުވީ، ކުރީގެ ރައީސުންގެ ތެރެއިން ރައީސް މައުމޫނަކީ މިހާރު އުމުރުފުޅުން ދުވަސްވެ، ގައިބާރު ދޫވެފައިވާ ބޭފުޅެއް ކަމަށެވެ. އެހެންވެ މިވަގުތު ރައީސް މައުމޫނަށް ދައުލަތުން ދެމުންދާ އިނާޔަތްތައް އުނިކުރުން މޫސަ ސިފަކުރެއްވީ އިންސާނިއްޔަތާވެސް ޚިލާފު ކަމެއްގެ ގޮތުގައެވެ.
ރައީސް މައުމޫނުގެ އިނާޔަތް އުނިކުރަން މޫސަ ދެކޮޅު، ވިދާޅުވީ އުނިކުރުމަކީ ލާއިންސާނީ ކަމެއް ކަމަށް
ރާއްޖޭގެ ރައީސް ްކަންކުރެއްވި ބޭފުޅުނގެތެރޭން ރައީސް މަޢުމޫނަށް ދައުލަތުންދޭ އެއްވެސް ޢިނާޔަތެއް އުނިކޮށްގެން ނުވާނެ، ވެރިކަންކޮ ށްއުމުރުން ދުވަސްވެ ގައިބާރު ދެރަވާ ދުވަހު ނިކަމެތި ކޮށްލުމަކީ ވަރަށް ލާއިންސާނީ ކަމެއް." މޫސަ ވިދާޅުވިއެވެ.
ރައީސް މައުމޫނު ފިޔަވައި ދެން ތިއްބެވި ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރުމާމެދު މޫސަގެ ޝަކުވާއެއް ނެތެވެ. ސަބަބެއް ކަމަށް މޫސަ ވިދާޅުވީ، އެއިން ކޮންމެ ބޭފުޅަކުވެސް ސިޔާސީ ކަންކަމުގައި މިހާރުވެސް އުޅުއްވަނީ "އުމުރަށްވުރެ ޒުވާންކޮށް ވެރިކަން ކުރުމުގެ އުންމީދުގައި" ކަމަށްވާތީ ކަމަށެވެ. އެ ބޭފުޅުންގެ އިނާޔަތް ކުޑަކުރުމަށް މޫސަ ތާއީދު ކުރެއްވިއެވެ.
މީގެއިތުރުން މޫސަ ވަނީ މިހާރުގެ ރައީސަށް ދައުލަތުން ކުރަމުންދާ ޚަރަދުތަކާއި ވަޒީރުންނަށް ދައުލަތުން ކުރަމުންދާ ޚަރަދުތައްވެސް ކުޑަ ކުރަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.
ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެމްބަރުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް ކުޑަކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.