ޝާހިދު ފީއަލީގައި، އެރަށުން ދިގު ސަފަކާއެކު ހޫނު މަރުހަބާއެއް

ޝާހިދު ފީއަލީގައި، އެރަށުން ދިގު ސަފަކާއެކު ހޫނު މަރުހަބާއެއް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ފ. ފީއައްޔަށް މިއަދު ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޝާހިދާއެކު، ފީއައްޔަށް ދިޔަ އެމްޑީޕީގެ ޓީމު ރަށުގެ ބަނދަރުން ފޭބިއިރު، އެރަށުން ފެނުނީ ދެޖިންސުގެ މީހުން ދިގު ސަފެއް ހަދައިގެން ވަރަށް ހޫނު މަރުހަބާއެއް އެ ޓީމަށްކީ މަންޒަރެވެ. ފީއައްޔަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރުން ގިނަ ރަށެކެވެ. މިއީ ފީއަލީ ކައުންސިލުން ދެއްވި ދައުވަތަކަށް އެރަށަށް ކުރައްވާ ދަތުރުފުޅެކެވެ.

ފީއަލީ ވޮލީ ކޯޓު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ

ފީއައްޔަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ އެރަށުގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓެއްވެސް ހުޅުވައި ދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޓީމުވެސް ބައިވެރިވިއެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު ދޮންބިލެތް އަޙްމަދު ޙަލީމްވެސް ހިމެނެއެވެ.

ޝާހިދު ވިދާޅުވެފައި ވަނީ މި ދަތުރުފުޅުގައި ފީއަލީގައި ތިބި އެމްޑީޕީގެ މެމްބަރުންނާވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަމާއި ގުޅޭގޮތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *