ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ފްލެޓް ތަކުގެ 4،000 ފްލެޓްތަކުގެ ތެރެއިން ނިމިފައިވާ ފްލެޓްތަކަށް ޢާންމުން ވެއްދުމުގެ މަސައްކަތްކުރާއިރު، އެ މަސައްކަތް އެެންމެ ފުރަތަމަ ކުރާނީ 14 ވަނަ ޓަވަރުން ފެށިގެން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން މިއަދު ބައެއް ނޫސަތަކަށް މައުލޫމާތު ދެމުން ބުނީ މާދަމާއިން ފެށިގެން ފްލެޓް ހަވާލު ކުރުމުގެ މަސައަކަތް ކުރިއަށް ދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އެންމެ ފުރަތަމަ ހަވާލުކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހި ނިރޮޅު މަގު ކައިރީގައިވާ "އަމާން އުދަރެސް"ގެ 14 ވަނަ ޓަވަރުގެ ތަޅުދަނޑިތައް ކަމަށެވެ.
އެގޮތުން މިހާތަނަށް ނިމިފައިވާ ތަންތަނުގެ ތެރެއިން އެފްޑީސީން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޔުނިޓުތަކަކީ:
– އަމާން އުދަރެސް 14 – 6788،43 އަކަފޫޓްގެ ސީއެފް 1 ޔުނިޓް
- އަމާން އުދަރެސް 14 – 1896.51 އަކަފޫޓްގެ ސީޖީ 1 ޔުނިޓް
- އަމާން އުދަރެސް 14 – 161.29 އަކަފޫޓްގެ ސީޖީއެކްސް 1 ޔުނިޓް
- އަމާން އުދަރެސް 13 – 610. 34 އަކަފޫޓްގެ ސީޖީ 1 ގެ ދެ ޔުނިޓް
- އަމާން އުދަރެސް 13 0 598.84 އަކަފޫޓްގެ ސީޖީ 2 ގެ ޔުނިޓް
- އަމާން އުދަރެސް 16 – 1896.51 އަކަފޫޓްގެ ސީޖީ 1 ޔުނިޓް
- އަމާން އުދަރެސް 16 – 161.29 އަކަފޫޓްގެ ސީޖީއެކްސް 1 ޔުނިޓް
އެފްޑީސީން މީގެކުރިން ބުނި ގޮތުގައި، ތަޅުދަނޑި ހަވާލުކުރާނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ މީހުންނަށެވެ.