ވެރިންނަށް ސަނާކިޔާ މީހުން ކަމެއްޖެހޭ ދުވަހު ވެރިން ދޫކޮށް ފިލާނެ: މޫސަ

ވެރިންނަށް ސަނާކިޔާ މީހުން ކަމެއްޖެހޭ ދުވަހު ވެރިން ދޫކޮށް ފިލާނެ: މޫސަ

ވެރިކަމުގައި އޮންނައިރު، އެއިރަކު ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް ސަނާ ކިޔަމުންދާ މީހުންނަކީ، ކަމެއްޖެހޭ ދުވަހު ވެރިން ދޫކޮށް ފިލާނެ މީހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިއްޔެ ނޭޕާލުގައި ޒުވާނުން ނުކުމެ ކުރި މުޒާހަރާ ހޫނުވެ، އެ ގައުމުގެ ވެރިން އިސްތިއުފާ ދެއްވަން މަޖުބޫރުވެ، ހިތާމަވެރި ކަންކަމާއި ގުޅުވައި، މޫސަ ވިދާޅުވި، ބައެއް ޤައުމު ތަކުގެ ވެރިން ރައްޔޮތުންނާމެދު ދެކެނީ ބޭނުންހާ ގޮތަކަށް ކަންކޮށްގެން ބިރު ދައްކައގެން އަނިޔާކޮށްގެން އޮބަހައްޓައިގެން ރައްޔިތުން ގެންގުޅެވިދާނެ ކަމަށެވެ.

"މިރާއްޖޭގަވެސް އެތައް އަހަރެއް ވަނދެން އެހާލުގަ ރައްޔިތުން ތެޅުވި ފަހުން ރައްޔިތުން ނުކުމެ ޤާނޫނުއަސާސީ އަކާއެކު އަލުން ފަށައގަނެގެން މިދަނީ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، މިނިވަންކަމާއި އިގްތިސާދު ދަމަހައްޓަން ވެރިންނަށް ނުކެރެންޏާ ރާއްޖެެެއަށްވެސް ދިމާވާނީ ސަރަހައްދީ ގައުމުތަކަށް ވީގޮތް ކަމަށެވެ.
"ވެރިމީހާ ވަށައިގެން ތިބެ ސަނާ ކިޔާ ބައގަނގަނޑު ކަމެއް ޖެހޭ ދުވަހު ފިލާނެ. މިސާލު ބައްލަވާ އިހަށް ދުވަހު ސްރީލަންކާ ދެންބަންގާޅު، މިއަދު ނޭޕާލު." މޫސަ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *