ފަހުމީއަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ދީފި

ފަހުމީއަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ދީފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަންކޮށްފި އެވެ.

މި މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ.

ސްޓެލްކޯގައި 27 އަހަރު ދުވަހު ހިދުމަތް ކުރެއްވި ފަހުމީ، އެ ކުންފުނީގެ އެންމެ އިސް މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ”ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯ“ ގެ މަގާމަށެވެ.

މި މަގާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހަށް އައްޔަންކުރާ ޕްރިންސިޕަލް ސެކްރެޓަރީންގެ މަގާމުތަކަކީ މިނިސްޓަރުންނާ އެއް ފެންވަރުގެ މަގާމުތަކެކެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުގައި ރައީސަށް އެހީތެރިވެދޭނެ މުހިންމު މަގާމެކެވެ.

ފަހުމީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި ސަބަބެއް ޕަބްލިކް ސަރވިސް ކޮމިޝަން (ޕީސީބީ) އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *