ކުރީގެ މިނިސްޓަރު އަހްމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
މަހްލޫފް ވަނީ އެމްޑީޕީން ވަކިވެވަޑައިގަންނަވަން ބޭނުންވާކަން ހާމަކުރައްވާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ވިދާޅުވީ އެމްޑީޕީގެ މެންބަރު ކަމުން ވަކިވެވަޑައިގަންނަވަން ބޭނުންވާތީ ޕާޓީން ވަކިކޮށްދެއްވުމަށެވެ.
އަދި 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރުއަދާ ކުރެއްވިއެވެ. ވަކީން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަ ކުރަައްވާ ޝުކުރު އަދާކުރެއްވި އެވެ.
މަހްލޫފް ވަނީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އޭނާއަށް ތާއީދުކޮށް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އޭނާގެ ނިންމެވުމާމެދު ހިތްހަމަނުޖެހޭ މެންބަރުންްގެ ކިބައިން މާފަށް އެދިވަޑައިގެންނެވި އެވެ.
ކުރީގެ މިނިސްޓަރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މި ފަހުން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.