ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މާލީ ބަޔާން ހާމަކޮށްފިއެވެ.
މަޖިލީހުގެ ގިނަ މެމްބަރުން ތަކެއްގެ މާލީ ބަޔާން ހާމަކޮށްފައިވާއިރު، މާލީ ބަޔާން މިހާތަނަށް ހާމަކޮށްފައި ނުވަނީ 12 މެމްބަރެއްގެއެވެ. އެހެން ހުރިހާ މެމްބަރުންގެ މާލީ ބަޔާން ފެންނަން އެބަހުއްޓެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ މެމްބަރުން އާ ދައުރަކަށް ހުވާ ކުރައްވާތާ 1 އަހަރު ދުވަސް ފުރިހަމަވުމާއެކު މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.
މިވަގުތު މާލީ ބަޔާން ފެންނަން ނެތް މެމްބަރުންނަކީ
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު
- ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް
- ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ
- ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
- ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްތޮފާ އިބްރާހީމް
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ސަމީރު
- ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު
މެމްބަރުން މާލީ ބަޔާން ހުށަހަޅާއިރު، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކުގެ މައުލޫމާތާއި، އަރަންޏާއި ދަރަނީގެ ހިސާބުތަކާއި، އެހެން ވަޒީފާއެއް އަދާ ކުރާނަމަ، އެ ވަޒީފާގެ ޒިންމާތައްވެސް ހުށަހަޅަން ޖެހެއެވެ.
މާލީ ބަޔާން މިވަގުތު ފެންނަން ނެތް މެމްބަރުނަކީ މާލީ ބަޔާން ހުށަހަޅާފައި ނުވާ މެމްބަރުން ކަމެއް މަޖިލިސް އިދާރާއިން ކަށަވަރުކޮށެއް ނުދެއެވެ.