ގެއްލިގެން ހޯދަމުންދިޔަ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ ކޮލަމާ ބޯޓު އެކެފަރާ ސަރަހައްދަކުން ފެނުނިއިރު، އެ ބޯޓުގެ ކެޕްޓަން ފެނުނުއިރު އޮތީ ނިޔާވެފައިކަން އެނގިއްޖެ އެވެ.
ފުލުހުން ބުނީ، ކޮލަމާ ބޯޓު ފެނިފައިވާ ކަމަށެވެ. އެ ބޯޓު ފެނިފައި ވަނީ އެކެފަރާ ސަރަހައްދުން ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާއި ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 13:25 ހާއިރެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އެރަަށް ނިސްބަތްވާ ބޯޓުގެ ކެޕްޓަން އާދަމް ސައީދެވެ.
ސައީދު ބޯޓު ދުއްވާ ތަނުގައި ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ އާއިލާ މީހަކަށެވެ.