އަމީނީ މަގުގައި ހަލާކުވެފައި ހުރި ސަރަހައްދު ހަދަން ފަށައިފި

އަމީނީ މަގުގައި ހަލާކުވެފައި ހުރި ސަރަހައްދު ހަދަން ފަށައިފި

އަމީނީ މަގުގެ ހުޅަނގު ކޮޅުގައި ހަލާކުވެފައިވާ ސަރަހައްދު ހަދަން ފަށައިފިއެވެ.

އަމީނީ މަގުގެ ހުޅަނގު ކޮޅުން ފުޑްކޯޓާއި ހަމައިން ތާރުތައް ވިރިގެން ފައިބައި، އުސްކޮށް ތަންތަންގަނޑު ހުރުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށް ދަނީ އުދަނގޫ ވަމުންނެވެ. އެތަނުން ބަޔެއް އުޅަނދު ކަހާލައިގެން ވެއްޓިފައިވެސް ވެއެވެ.

އެ ތަން ހަދަން މިފެށީ ހަފްތާއެއްހާ ދުވަސް ވަންދެން އެ ތަންތަން ފާހަގަ ކުރުމުގެ ގޮތުން ފުލުހުން ކޯނު ޖަހާފައި ވަނިކޮށެވެ. އަމީނީ މަގުގައި ތާރު އަޅާފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުއެވެ. ނަމަވެސް ތާރުތައް ހޫނުވެ، މަގު ހަލާކު ވަމުންދާތާ ދުވަސްކޮޅެއް ވެއްެޖެެވެ. މި މަސައްކަތް މިހާރު ކުރަމުން ދަނީ ކުރިންވެސް އެކަން ކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ.

އެ ކުންފުނިން ބުނީ މި މަސް ނިމުމުގެ ކުރިން އެ ތަންތަން ހަދައި ރަނގަޅުކޮށް ނިންމާލެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *