ދިވެހި ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ ހާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރު އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެމްޔޫ މަނިކަށް ފަރުވާ ދެމުން ގެންދަނީ ސިންގަޕޫރު އައިސީޔޫގަ އެވެ. އަދި މިވަގުތު އެމަނިކުފާނުގެ އާއިލާގެ ގިނަ ބަޔަކު ތިއްބެވީ ސިންގަޕޫރުގަ އެވެ. އެމްޔޫ މަނިކަށް ފަރުވާ ދެމުން ގެންދާ ސަބަބެއް ނޭނގެ އެވެ.
އުމުރުން 90 ގެ އަހަރުތައް ގުނުއްވަމުން ގެންދަވާ އެމްޔޫ މަނިކަކީ ރާއްޖޭގެ އަށް އެންމެ ބޮޑަށް ހިދުމަތް ކުރެއްވި އެއް ބޭފުޅާ އެވެ. އެމަނިކުފާނު ކުރެއްވި މަސައްކަތް ގުނާ އަގު ނުކުރެވޭނެ އެވެ. އެ މަނިކުފާނު ހާއްސަ ވެގެން ދަނީ ޓޫރިޒަމް ސިނާއަތުގެ ދާއިރާއިންނެވެ. އެ މަނިކުފާނުގެ ގިނަ ހިދުމަތް ތަކެއް އެންމެ ބޮޑަށް ފެނިގެން ގޮސްފައި ވަނީ މައި ވައިގެ ބަނދަރުގަ އެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ވަޒީފާތަކުގެ އިތުރުން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އުފެއްދެވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި އެވެ.
ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު އަރުއްވާފައިވާ އެމްޔޫ މަނިކަކީ 1972 ވަނަ އަހަރު ރާއްޖެއަށް ޓޫރިޒަމް ތަރައްގީ ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ އެވެ. މިގޮތުން ރާއްޖޭގެ ފުރިހަމަ ރިސޯޓް ކަމަށްވާ ކުރުނބާ ހުޅުއްވީ އެ މަނިކްފާނެވެ. މީގެ އިތުރުން ދިވެހި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ ދަށުން ދުނިޔޭގެ ނަން މަޝްހޫރު ޓޫރިޒަމް ގިނަ ބްރޭންޑްތަކެއް ރާއްޖެ ގެނެސްދެއްވި އެވެ.