ކުރީގެ މިނިސްޓަރު އިމްރާންގެ ކާރުގައި ޕިކަޕަކުން ޖެއްސި މީހާ މިފަހަރު ހައްޔަރުކުރީ ބަނގުރަލާއެކު

ކުރީގެ މިނިސްޓަރު އިމްރާންގެ ކާރުގައި ޕިކަޕަކުން ޖެއްސި މީހާ މިފަހަރު ހައްޔަރުކުރީ ބަނގުރަލާއެކު

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުގައި ޕިކަޕަކުން ޖެއްސި މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، އަލީމަނިކު (57އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައެވެ.

މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *