އަމިއްލަ ފަރާތަަކަށް 3.8 މިލިޔަން ރުފިޔާ ދައްކަން ފެނަކައަށް ކޯޓުން އަމުރު ކޮށްފި

އަމިއްލަ ފަރާތަަކަށް 3.8 މިލިޔަން ރުފިޔާ ދައްކަން ފެނަކައަށް ކޯޓުން އަމުރު ކޮށްފި

އަމިއްލަ ފަރާތަކަށް 3.8 މިލިޔަން ރުފިޔާ ދައްކަން ސިވިލްކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ  ތ. ވިލުފުށި ކެެނެރީގެ ނައްފާލު ނޫރައްދީން، ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ސެލްކޫތު" އިން ފެނަކައަށް ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފަސް މިލިޔަން އާއި މި ފައިސާ ނުދީގެން މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ޝަރީއަތުން ހޯދައިދިނުމަށް އެދި ނައްފާލުގެ ފަރާތުން ފެނަކަގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގެ އެއްބަޔަށް ފެނަކައިން އެއްބަސްވެފައި ވާތީ މި މަހު 19 ގައި ނައްފާލުގެ ފަރާތުން އެދުނީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއް ނެތި މި މައްސަލައިގެ ހުކުމް ކޮށްދިނުމަށެވެ.

ފެނަކައިން އެއްބަސްވީ، ފައިސާ ނުލިބޭކަމަށް ބުނެ ނައްފާލުގެ ފަރާތުން ހުށަހެޅި 91 އިންވޮއިސްގެ ތެެރެއިން 68 އިންވޮއިސްއަށް ފައިސާ ދައްކާފައި ނުވާތީ އެ އިންވޮއިސް ތަކަށްވާ 3.8 މިލިޔަން ރުފިޔާ ދެއްކުމަށެވެ. ނަމަވެސް 23 އިންވޮއިސްއަށް ދައްކަންޖެހޭ ކަމަށް ބުނާ ފައިސާ އާއި ވަކީލުގެ ފީ ދިނުމަށް ފެނަަކައިން އިންކާރު ކުރިއެވެ.

އެހެންކަމުން ދޭންޖެހޭ ފައިސާގެ އަދަދާމެދު ދެ ފަރާތުން އެއްބަސްވި ނަމަވެސް މި ފައިސާ ދޭންޖެހޭ މުއްދަަތާމެދު ދެފަރާތުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.

އެހެން ކަމުން ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ފެނަކައިން 3.8 މިލިޔަން ރުފިޔާ ދެއްކުމުގައި އެއްބަސްވުމަކަށް އައިސްފައިވާތީ، ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ދައްކަންޖޭ މިންވަރު ދައްކާ ހަލާސް ކުރުމަށް އަންގައި، އަންނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓަށް، އެފައިސާ ދައްކާ ހަލާސް ކުރުމަށް ފެނަކައަށް އަންގައި އަމުރުކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *