ބަންޑުން ޖަހާލި ދޯނިން ގެއްލުނު މީހާ ހަށިގަނޑު ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް، ކ.ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން، މާލެ އޭރިއާ ސެކަންޑް ސްކޮޑްރަން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ދޯނި ބަންޑުން ޖަހާލިއިރު ހަ މީހަކު ތިއްބެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފެށިއިރު، އޭނާ ހޯދުމަށް ތުލުސްދޫއިން ހަރަކާތްތެރިވި މީހުންނަށް އޭނާ ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ.