ފެނަކައިން އަމިއްލަ މީހަކަށް ދޭންއޮތް 1.7 މިލިޔަން ރުފިޔާގެ ތެރެއިން 4 ލައްކަ ދައްކަން އަންގައިފި

ފެނަކައިން އަމިއްލަ މީހަކަށް ދޭންއޮތް 1.7 މިލިޔަން ރުފިޔާގެ ތެރެއިން 4 ލައްކަ ދައްކަން އަންގައިފި

ދައުވާގައިވާ 1.7 މިލިޔަން ރުފިޔާގެ ތެރެއިން ހަތްލައްކަ ރުފިޔާ، އަމިއްލަ ފަރާތެއް ކަަމަށްވާ އަހުމަދު ވާފިރު މުހައްމަދު ކިޔާ މީހަކަށް ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ޝަރިއަތުގެ ހަރަދުގެބައި ނުލައި ޖުމްލަ 1.7 މިލިޔަން ރުފިޔާ ހޯދުމަށް ފެނަކައިގެ މައްޗަށް އަހުމަދު ވާފިރު މުހައްމަދު ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

ނަމަވެސް ފަސް ބަޔަށް ބަހާލައިގެން، އޭގެތެރެއިން 743،680 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ފެނަކައިން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ 743،680 ރުފިޔާއަކީ ފެނަކައިން ވާފިރަށް ދައްކަންޖެޙޭ ފައިސާއެއް ކަމަށް ކަަނޑައަޅައި، އެފައިސާ ވާފިރަށް ދެއްކުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *