ފޯނުގެ ލޮކްކޯޑް ޖަހައިނުދިން ދެމީހަކަށް ޖަަލު ހުކުމެއް އަތުވެއްޖެ

ފޯނުގެ ލޮކްކޯޑް ޖަހައިނުދިން ދެމީހަކަށް ޖަަލު ހުކުމެއް އަތުވެއްޖެ

ކޯޓު އަމުރަށް ފޯނުގެ ލޮކް ކޯޑު ޖަހައިގެން ފޯނު ހުޅުވައި ނުދިން ދެމީހުން ޖަލަށްލާން ހުކުމްކޮށް، އެ ހުކުމް ޖޫރިމިނާއަށް ބަދަލު ކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީގެ ތެެރެއިން އެކަކީ ސ. ހިތަދޫ އަންނާރުމާގޭ، އަހްމަދު ނަސީރުއެވެ.

އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ، 23 އޯގަސްޓް 2020 ވަނަ ދުވަހު ދޭއްޖަހާކަން ހާއިރު، ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ކޯޓު އަމުރުގައި ވާގޮތުގެ މަތިން ފޯނުގައި ހުރި މައުލޫމާތު ސާފު ކުރުމުގެ ބޭނުމުގައި ފުލުހުން ފޯނުގެ ލޮކްކޯޑު ޖަހައިފޯނު ހުުޅުވައިދިނުމަށް އެދުމުން، ލޮކް ކޯޑުޖަހައި ފޯނު ހުޅުވައިދީފައި ނުވާތީއެވެ.

މި ކުށަށް ފުރަތަމަކޮޅު އިއުތިރާޒް ކުރި ނަމަވެސް ފަހުން، ޕްރޮސިކިއުޓާ ޖެެނެރަލްއާއެކު އޭނާ ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ.

އެހެން ކަމުން 3 މަހާއި 27 ދުވަހަށް ޖަލަށްކުމަށް ހުކުމްކޮށް، އެ ޖަލު އަދަބު 23،400 އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް މިފައިސާ 5 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންްޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގައި ވަނީ ހުކުމް ކޮށްފައެވެ.

ދެވަނަ މީހަކީ، ސ. މީދޫ މުންލައިޓް ވިލާ މުހައްމަދު އަފްރާހުއެވެ.

އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ، 100،000 ރުފިޔާއަށްވުރެ ގިނަ ފައިސާއިން ވައްކަން ކުރުމުގެ މައްސަލައެއްގެ ތަހުގީގަށް ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓު އަމުރުގައި ވާގޮތުގެ މަތިން ފޯނުގައި ހުރި މައުލޫމާތު ސާފު ކުރުމުގެ ބޭނުމުގައި ފުލުހުން ފޯނުގެ ލޮކްކޯޑު ޖަހައި ފޯނު ހުުވައިދިނުމަށް އެދުމުން، ލޮކް ކޯޑުޖަހައި ފޯނު ހުޅުވައިދީފައި ނުވާތީއެވެ.

3 މަހާއި 26 ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށް އެ އަދަބު 23،200 އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް 5 މަސް ދުވަހުގެ ތެރޭގައި އެފައިސާ މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *