ޔާމީންގެ އިންޒާރެއް ސަރުކާރަށް: މި ސަރުކާރު ވައްޓާލެވޭ ފެންވަރުގެ ފަނިތަކެއް ޕީއެންއެފްގެ ހާލިން އުފެދިދާނެ

ޔާމީންގެ އިންޒާރެއް ސަރުކާރަށް: މި ސަރުކާރު ވައްޓާލެވޭ ފެންވަރުގެ ފަނިތަކެއް ޕީއެންއެފްގެ ހާލިން އުފެދިދާނެ

ސަރުކާރު ވައްޓާލެވޭ ވަރުގެ ފަނިތައް އުފަން ވާނީ ޕީއެންއެފްގެ ހާލިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްގެ ހާލިން ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތަކެއް އުފެދިދާނެ ކަމަށާއި ޕީއެންއެފް ނޫން ބަޔަކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާނުދާ ކަމަށެވެ.

އިހައް ދުވަހު އަޅުގަނޑާ ނޫސްވެރިއަކު ސުވާލު ކުރެއްވި މި ހާލިން ބޭރަށް ނުކުންނަން ވެއްޖެތޯ؟ މިހާލިން ނޫނީ އެ ކަމެއް ނުކުރޭ. [ރައްޔިތުންގެ އަޑު ނީއްވާ)،“ ޔާމީން ވިދާޅުވި އެވެ.

ހާއްޔަކީ އެއްޗެހި ވިއްސަން ބޭނުންކުރާ ވެށި ކަމަށާއި އެ މަނިކުފާނުގެ ’ހާލީގައި‘ މި ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް އުފަންވެދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ:

”އަދި މި ސަރުކާރު ވައްޓާލާ ވަރުގެ ފަނިތައް ވިހާނީ ވެސް ހާއްޔެއްގެ ތެރެއިން. އެހެންވީމާ މިފަދަ ހާއްޔެއް ނެތް އެއްވެސް އެހެން ތަނަކު. މިފަދަ ހާއްޔެއް އަޅުގަނޑުމެންނަށް ނުފެނިގެން މި އުޅެނީ އެއްވެސް އެހެން ތަނަކުން،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހާއްޔެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމަކީ ލަދު ގަންނަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *