ފްލެޓަށް ޕޮއިންޓް ލިބުނު ގޮތް އާއްމު ކުރަން ޖެހޭގޮތް ހަދަން ހުށަހަޅައިފި

ފްލެޓަށް ޕޮއިންޓް ލިބުނު ގޮތް އާއްމު ކުރަން ޖެހޭގޮތް ހަދަން ހުށަހަޅައިފި

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއެއްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމު ކުރާއިރު، އެ މީހަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު އާއްމު ކުރަން ޖެހޭ ގޮތް ހެދުމަށް އެދި، ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެ ބިލު މިހާރު އޮތީ ރައްޔިތުން މަޖިިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

އެ ބިލަށް މި އިސްލާހު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ އިސްލާހު ގެންނަން ކުޑޫ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީ ގައި އެދިވަޑައިގެންފައިވަނީ، އެ ބިލުގައި މިހާރު ހިމަނާފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންތައްތަކެއް ހިމެނުމަށް ހުށަހަޅައިފައެވެ.

އެގޮތުން ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން، ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް، ހައުސިން މިނިސްޓްރީން ހިމަނަން ވާނެ ކަމަށް ސިޓީގައި ވިދާޅުވި އެވެ.

އެ ލިސްޓުގައި ހިމެނުމަށް އޭނާ އެދިވަޑައިގެންނެވީ ކުރިމަތިލާ މީހާގެ، ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާ ނަމަ އޭގެ ސަބަބާއި، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލު ހިމަނަން ވަނީ ހުށަހަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *