އައްބާސް ޑަސްބިނަކަށް ވައްޓާލައި ޑިލިޓީޓް ކޮށްލާ ކުރެހުމާއެކު ދިން އިންޒާރުގެ މައްސަލަ ޕޮލިހަށް

އައްބާސް ޑަސްބިނަކަށް ވައްޓާލައި ޑިލިޓީޓް ކޮށްލާ ކުރެހުމާއެކު ދިން އިންޒާރުގެ މައްސަލަ ޕޮލިހަށް

ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީއޭގެ ނައިބު ރައީސް ކަމުގެ މަގާމުގައިވެސް ހުންނެވި އައްބާސް ވިދާޅުވެއްޖެއެވެ.

އަައްބާސްގެ އެކައުންޓުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ، "ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އަޅުގަނޑުގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.

މި މައްސަަލަ އުފެދުނީ، ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި ކޯޅުން ބޮޑުވެފައިވާ ކަމަށް، ވިދާޅުވެ އައްބާސް ދެއްކެވި ވާހަކަތަކާ ގުޅިގެން އެވާހަކަ ދޮގުކޮށް ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު އައްބާސަށް ދެމުން ގެންދިޔަ ރައްދުގެ ތެރެއިންނެވެ.

އައްބާސްއަށް އިންޒާރު ދިން ކަމަށް ބުނާ ޕޯސްޓަކީ، ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަގާމުގައި ހުރި އަސްއަދު ސައީދު ފޭސްބުކްގައި ލިއުނު ޕޯސްޓެކެވެ.

އައްސަދުގެ ޕޯސްޓްގައި ލިޔެފައިވަނީ "ދަލު ބޭރުން ޖެހިގަނެގެން ނުބެހޭހާ ކަމަކާ ބެހިގަނެގެން ތިޔަހެން އުޅެނިކޮށް އަމިއްލަފުޅަށް އަރުވާލެވިގެން ނިޒާމުގެ ތެރެއިން ގެއްލިވަޑައިގެން ފިލާ އޮންނަވަން ޖެހިވަޑައި ނުގަންނަވަނީސް އަމިއްލަފުޅަށް ތިމާގެ އަސްލު ސައިޒަށް ތިރިވެލައްވާ،" މިހެންނެވެ.

އެ ޕޯސްޓްގައި ހިމެނޭ ކުރެހުމުގައި ވަނީ އައްބާސް ޑަސްބިނެއްގެ ތެރެއަށް ލުމަށްފަހު، އައްބާސްގެ ބޮލާދިމާލުން މަތީގައި ޑިލީޓް ބަޓަނެއްގެ ކުރެހުމެކެވެ.

ޕީއެންސީ މަޖިލިސް މެންބަރުންގެ ތެރޭގައި ކޯޅުން އޮތްކަން ހާމަކޮށް މީގަކުރިން އައްބާސް ކުރި ޕޯސްޓްގައި ވިދާޅުވީ 14 ވަރަކަށް ޕީއެންސީ މެންބަރުން ޕާޓީ ދޫކޮށްލާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *