ގެވެށިއަނިޔާގެ މައްސަލައެއްގައި އެޕާޓްމަންޓް ބަލާފާސްކުރަމުން ފެނުނީ ވޭޕް ޝިޕްމެންޓެއް

ގެވެށިއަނިޔާގެ މައްސަލައެއްގައި އެޕާޓްމަންޓް ބަލާފާސްކުރަމުން ފެނުނީ ވޭޕް ޝިޕްމެންޓެއް

ހިޔާ ފްލެޓަކުން ފުލުހުންނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕްތަކެއް ފުލުހުންނަށް ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގެވެށި އަނިޔާގެ މައްސަލަ ފޭސް ދޭއްގައި ހުންނަ ފުލުހުންގެ ޔުނިޓަށް ހުށަހަޅާފައިވަނީ ރޭ 21:14 ހާއިރުކަމަށެވެ. މި މައްސަލާގައި ފުލުހުންގޮސް އެޕާޓްމަންޓް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕްފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ތަހްގީގް ފުލުހުން މިހާރު ފަށާފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ވޭޕް ބޭނުންކުރުމަކީ ރާއްޖޭގައި މަނާކޮށްފައި އޮންނަ ކަމެކެވެ. ސަރުކާރުން ވޭޕް މަނާކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ވޭޕް މަނާކުރިނަމަވެސް އާއްމު ތަންތަނުގައި އެ ބޭނުންކުރާ މީހުން އަދިވެސް އުޅެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *