ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

ދޯންޏެއް ބަންޑުން ޖަހާލައި 65 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ށ. ފުނަދޫއިން ދެ ދިވެހިންނާއި ދެ ބިދޭސީން ގޮވައިގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމަށް މިއަދު ހެނދުނު 8:55 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ 4 މީހުން ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން 65 އަހަރުގެ ދިވެއްސަކު ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް 10:30 އެ މީހާ ނިޔާވެއްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *