ޔުމްނުގެ ބަޔާން އަދިވެސް ފުލުހުންނަށް ނެގޭގޮތެއް ނުވޭ

ޔުމްނުގެ ބަޔާން އަދިވެސް ފުލުހުންނަށް ނެގޭގޮތެއް ނުވޭ

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދި ނުނެގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

"ޔުމްނުގެ ބަޔާން އަދި ނުނެގޭ" ބަޔާން ނަގާފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުން ބުންޏެވެ.

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ކޮމިޝަންގެ ރިޕޯޓުގައި އެ މައްސަލައި ތަހުގީގު ކުރުމުގައި ފުލުހުންގެ އިދާރާގެ ބޮޑެތި މައްސަލައެއް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި:

ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެކި، ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން އިންވެސްޓިގޭޝަން އޮފިސަރު ކުށުގެ ވެއްޓަށް ދިޔުން

ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މަައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން

ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުމާއި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލުން

ޔުމްނު ވެއްޓިފައި އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ނުކޮށް ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑަނާޅައި ކުށުގެ ވެށި ރައްކާތެރިނުކުރުން

މި ކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

ރައީސް ވަނީ ޔުމްނު ވެއްޓުނު ހާދިސާގައި އިހުމާލުވި ރައުދު އަހުމަދު ޒިލާލުގެ ބޭބެގެ ދާއުދު އަހުމަދު ޒިލާލުގެ މައްޗަށް ވެސް ފިޔަވަޅު އަޅަން އަންގަވައިފަ އެވެ.

ދާއޫދުގެ މައްޗަށް ފިޔަވަޅު އަޅަން އެންގީ ފުލުހުންނަށް ދޮގު ބަޔާން ދިނުމާއި ޔުމްނު ވެއްޓުނުކަން އެނގިހުރެ އިދާރާތަކަށް ނާންގައި ތިބިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކޮށް، ރައުދުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

އެ މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *