އެފްއެސްއެމްގެ ޚިޔާނާތް- އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަންގައިފި

އެފްއެސްއެމްގެ ޚިޔާނާތް- އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަންގައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރެއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންހި ކޮރަޕްޝަންގައި އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު، އެކަމުގައި ހިޔާނާތްތެރިވި ފަރާތަކުގެ އަތުން ހޯދަން ޕްރޮސިކިއުޓާރ ޖެެނެރަލް (ޕީޖީ) އާއި ކޯޓު ތަަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެމްޕީއެލްގެ އޮޕަރޭޝަން ތަކަަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒިފުންތަކެއް 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވާކަން ހާމަވީ އޮޑިޓް ރިޕޯޓުންނެވެ.

އެކަމުގައި ހިމެނޭ ބައެއް ފަރާތްތަކަށް ޝަރީއަތްކޮށް ހުކުމްކޮށްފައިވާއިރު، އެ ހިޔާނާތުގެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގުކޮށް، އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެން ކަމާބެހޭ ފަރާތްތަކަށް އަންގަން މިއަދު ވަނީ ރެކޮމެންޑޭޝަން ތަކެއް ފާސްކޮށްފައެވެ.

އެގޮތުން އެ މުއާމަލާތުގެ ތެރެއިން އެމްޕީއެލްއިން ގަތް ތެލުގެ ތެރެއިން ބައެއް ގެއްލިފައިވާތީ އެމްޕީއެލްއަށް އެކަމުން ލިބުނު ގެއްލުމުގެ ބަދަލު މި ހިޔާނާތުގައި ބައިެވރިވި ފަރާތްތަކުގެ އަތުން ހޯދުމުގެ މަސައްކަތް އަވަސް ކޮށްދިނުމަށް ޕީޖީއަށާއި ކޯޓު ތަކަށް އަންގައި، ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓް ފާށާތާ ތިން ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ވަނީ އަންގައިފައެވ

އެފްއެސްއެމްގެ ތެޔޮ އުފުލާ އުޅަނދު ފަހަރުތައް މޮނީޓާ ކުރުމަށް، އެއުޅަނދު ފަހަރުގައި ކެމެރާ ހަރުކުރަން ބޭނުންވާ ސިސްޓަމްތަކާއި، އެތަކެތިން ތެޔޮ ދޫކުރަން ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް، ލައިވް ރިޕޯޓް ނެގޭނޭ ގޮތަށް ހަދައި ބާޖު ތަކުގެ ޓޭންކް ތަކުގައި ހުންނަ ތެލުގެ އަދަދު ލައިވްކޮށް މޮނިޓާ ކުރުމަށްޓަކައި އޮޓަމެޓިކް ކޭޖިން ސިސްޓަމްތައް ހަރުކުރުމަށް އަންގަންވެސް ވަނީ ފާސްކޮށްފައެވެ.

އަދި އެކަންކަން ނިންމައި މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެފްއެސްއެމްއަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *