ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، 17 އަހަރުގެ ފިރިހެން ކުއްޖަކު ރޭ މަރުވެެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓު ހިނގީ ފުނާޑު، ހުސްނުހީނާ މަގުގައި ކަމަށެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި މަރުވި ކުއްޖާ ދުއްވާފައި ދިޔަ ސައިކަލު ފާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތިއެއްގެ ހޮޅިދަނޑީގައި ޖެހުނު ކަމަށެވެ.
އެ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލް ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ ރޭ 3:38 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.