ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުން އަޅުވެތި ކުރަން ފަރުމާކޮށްފައި އޮތް އިސްލާހެއް: ޝާހިދު

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުން އަޅުވެތި ކުރަން ފަރުމާކޮށްފައި އޮތް އިސްލާހެއް: ޝާހިދު

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހަކީ، ކައުންސިލް ތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މައި ސަރުކާރަށް މަރުކަޒުކޮށް، ރައްޔިތުން އަޅުވެތި ކުރުމަށް ފަރުމާކޮށްފައިވާ އިސްލާހެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން މިހާރަށްވުރެ ހަނިކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙާމެދު ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ހުށަަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި ކައުންސިލްތަކަށް ލިބިފައި އޮތް މާލީ މިނިވަންކަން ގެއްލޭނެ ކަމަށެވެ. އަދި އެ މިނިވަންކަން ފަހަތަށް ސޮއްސާލާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހަކީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް, ރައްޔިތުން އަޅުވެތި ކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާޙެއް. މި އިސްލާޙުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ" ޝާހިދު ވިދާޅުވިއެވެ.

ކައުންސިލް ތަކަށް ޝާހިދު ގޮވާލެއްވީ، ސަރުކާރުން ހުށަހަޅާފައި އޮތް އިސްލާޙާ ދެކޮޅުކަން އަންގައިދިނުމުގެ ގޮތުން ކައުންސިލްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލުމަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި އިސްލާޙާއި ދެކޮޅުކަން ސަރުކާރަށް އެންގުމަށް، ކައުންސިލްތަކުން އަޑު އުފުލުމަށް ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމު އެމްޑީޕީން ވުޖޫދުކުރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައި ސަރުކާރު ތަކުން ރައްޔިތުން އަޅުވެތި ކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށެވެ. އަދި ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި, ޚިދުމަތްތަކާއި ވަސީލަތްތައް މަރުކަޒުކޮށް, ރައްޔިތުންގެ މައްޗަށް ނުޙައްޤު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ޤައުމުގެ ވެރިންނަށް ލިބުނަ ނުދިނުމަށް ކަމަށެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާޙުގައިވާ ގޮތުން، އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ކައުންސިލް ތަކުން ދޫކޮށްފައިވާ ތަންތަނުގެ ކުލި ކައުންސިލް ތަކަކަށް ނުނެގޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *