ކައުންސިލްތަކުގެ ވިޔަފާރި ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓް މިލިޔަނަށްވުރެ ބޮޑުކުރަން ކަނޑައަޅަނީ

ކައުންސިލްތަކުގެ ވިޔަފާރި ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓް މިލިޔަނަށްވުރެ ބޮޑުކުރަން ކަނޑައަޅަނީ

“’ލޯކަލް އޮތޯރިޓީ ކުންފުނި" އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާންޖެހޭނެކަމަށް ކަނޑައަޅަން ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންއެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލްގައި ބުނެފައި ވަނީ ކައުންސިލްތަކުން އުފައްދާ "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވާކަމަށެވެ. އަދި (ށ)ގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން "ލޯކަލް އޮތޯރިޓީ ކުންފުނި" އުފައްދައި ހިންގިދާނެކަމަށެވެ.

ނަމަވެސް ގާނޫނުގަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއދާއަށް ދެ އަކުރު އިތުރުކުރަން ހުށަހަޅާފައިވާއިރު، "ލޯކަލް އޮތޯރިޓީ ކުންފުނި"ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެކަމަށް ވަނީ ހިމަނައިފައެވެ.

1.އޮތޯރިޓީ ކުންފުނި"ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތުގައި ހިމެނެންޖެހޭ ޝަރުތުތައް:

2.އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުން

3.އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރށްތަކުގެ އުމްރާނީ ތަރއްގީއަށް ކޮންމެެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމުގައިވުން

އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން

މި ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަޖާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނަސް، ރައީސް ބިލް ތަސްދީގު ކޮށް އަމަލު ކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަންޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *