ރައީސްއަށް މަރުގެ އިންޒާރު ދިން މަސީހުގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިފި

ރައީސްއަށް މަރުގެ އިންޒާރު ދިން މަސީހުގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިފި

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ ފޭސްބުކްގައި "މަސީހް މޫސާ" ނަމުގައި ހަދާފައިވާ ފޭސްބުކް އައިޑީ އަކުން ކުރި ޕޯސްޓެއްގަ އެވެ.

އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް މަރުގެ އަދަބު ކަނޑައެޅުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރަން އިދާރާތަކަށް ރައީސް އެންގެވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ (25) ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ފޯނުވެސް ހިފަހައްޓާފައިވާ ކަމަށެެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *