ޝާހިދު، ހަންގޭރީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ޝާހިދު، ހަންގޭރީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިޖާޓޯއަށް ބައްދަލުކުރައްވައިފި އެވެ.
މި ބައްދަކުރެއްވުން ބާއްވާފައިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގަ އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާތް އެކުވެރިއެއް ކަމަށްވާ އަދި ހަންގޭރީގެ ފޮރިން މިނިސްޓަރު ބައްދަލުކުރެއްވުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ދުނިޔޭގައި މިހާރު ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކާއި އެކަންތަކައް ސުލްހަ ގެނައުމުގެ މުހިންމުކަން ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެ މީހުންވަނީ ހަމަނުޖެހުންތަކަށް ސުލްހަ ގެނައުން އަވަސްކުރަން ޖެހިފައިވާކަން ގަބޫލުކުރައްވާފަ" ޝާހިދު ވިދާޅުވި އެވެ.
ޝާހިދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ހާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ.

އދ.ގެ ލީޑަރޝިޕް ރާއްޖެއިން އަދާކުރިއިރުވެސް އދ.ގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބު ވެވަޑައިގެންފައި ވަނީ 2021 ޖޫން 7 ގައެވެ. މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ.

ޝާހިދުގެ ދައުރު އދ.ގައި ހަމަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން އދ.ގެ އެންމެ މަތީ މަގާމު ހޯދައި، ދުނިޔޭގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *