ވަޅިން ބިރު ދައްކައި ފިހާރަ އަކުން ފޭރުނު މީހަކު 10 މަހަށް ޖަލަށް

ވަޅިން ބިރު ދައްކައި ފިހާރަ އަކުން ފޭރުނު މީހަކު 10 މަހަށް ޖަލަށް

ވަޅިން ބިރު ދައްކައިގެން ފިހާރަ އަކުން ފައިސާ ތަކެއް ފޭރުނު މީހަކު 10 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ ހ. ރެދަން ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ. މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ ހަވީރު އޭނާ ފޭރިފައި ވަނީ، މާލެ އިސްކަންދަރު މަގުގައި ހުންނަ ފަރާއޯ ފިހާރައަށްވަދެ އެތަނުގެ މީހުންނަށް ވަޅިން ބިރު ދައްކައިގެންނެވެ.

މި މައްސަލައިގައި ދެ ދައުވާއެއް އޭނާގެ މައްޗައް ދައުލަތުން ކޮށްފައިވެއެވެ. އެއީ މަގްބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ފޭރުމުގެ ދައުވާއެވެ. މަގްބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އޭނާގެ މައްޗަށް ހުކުމްކުރީ، އެ ފިހާރައަށްވަދެ އެ ފިހާރައިގެ ކޭޝް ޑްރޯވާ ހުޅުވަން އުޅުމުން، ފިހާރައިގައި މަސައްކަތްކުރާ ނޭޕާލް މީހަކު ހުރައް އެޅުމުން އޭނާ އާއި ދިމާލަށް ވަޅި ދިއްކުރުމުންނެވެ. އެކަމުގެ ބިރަށް އެ ފިހާރައިގައި މަސައްކަތް ކުރަން ތިބި ނޭޕާލްގެ ދެމީހުން ވަނީ ފިހާރައިން ނުކުމެފައެވެ.

އެއަމަލު ހިންގި ކަމަށް ފަވާޒް ކަޅުތުއްތު ވަނީ ކޯޓުގައި އިއުތިރާފު ވެފައެވެ. އެހެން ކަމުން މަގްބޫލު ސަބަބެއްނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށޫގެ އަދަބެއްގެ ގޮތުން، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނުނުގެ ދަށުން 6 މަސް ދުވަަށް ޖަލަށްލުމަށް ހުކުމްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ތަހުގީގީ މަރުހަލާއިން ފެށިގެން ހުކުމްކުރުމާ ހަމައަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު  ޖަލު އަދަބުން އުނިކުރުމުން ތްފީޒު ކުރަން ޖެހޭ އަދަބަކީ ތިންމަހާއި 12 ދުވަހުގެ ޖަލު އަދަމެއްކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފޭރުމުގެ ދައުވާ އޭނާގެ މައްޗަށް ކޮސްފައިވަނީ، ފިހާރައިގެ ކޭޝް ޑްރޯވާ ހުޅުވަން އުޅުމުން ހުރަސްއެޅި ނޭޕާލް މީހާއާދިމާލަށް ވަޅި ދިއްކުރުމުން އެކަމުގެ ބިރަށް އެ ފިހާރައިގައި މަސައްކަތްކުރަންތިބި ނޭޕާލްގެ ދެމީހުން ފިހާރައިން ނުކުތުމުން ކޭޝް ޑްރޯވާހުޅުގައި އޭގައިއޮތް 700 ރުފިޔާ ނަގައިގެން ގޮސްފައި ވާތީއެވެ.

މިކަމަށްވެސް އޭނާ ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ. އެހެން ކަމުން ފޭރުމުގެކުށުން އޭމާ ކުށްވެރިވާކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުން ހަތަރުމަހާއި 24 ދުވަހަކަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *