ނިކަމެތިންނަށް ނުދީ ޕީއެންސީގެ މީހުންނަށް ރޯ ހައުސްތައް ބަހާލީ ކަމަށްބުނެ ކައުންސިލް ކުރިމަތީގައި އަންހެނަކު އިހުތިޖާޖު ކޮށްފި

ނިކަމެތިންނަށް ނުދީ ޕީއެންސީގެ މީހުންނަށް ރޯ ހައުސްތައް ބަހާލީ ކަމަށްބުނެ ކައުންސިލް ކުރިމަތީގައި އަންހެނަކު އިހުތިޖާޖު ކޮށްފި

ގއ.ވިލިނގިލިން ދޫކުރި ރޯ ހައުސްތަށް ބެހި ގޮތާމެދު ހިތްހަމަ ނުޖެހި، އެރަށުގެ އަންހެނަކު އެރަށު ކައުންސިލް އިދާރާ ދޮރުމަތީ އޮށޯވެ އޮވެ އިހުތިޖާޖު ކޮށްފިއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި އަންހެން މީހާ ކައުންސިލް އިދާރާ ދޮރުމަތީގައި އޮށޯވެ އޮންނަނީ ފޮތިގަނޑެއް އަޅައިގެން ބާލީސްވެސް ބޯދޮށަށް ލައިގެންނެވެ. އަދި އަތްވާއި ވާރެއިން ސަލާމަތްވުމަށް ކުޑައެއްވެސް ނަގައިގެން އޭނާ އޮންނަ މަންޒަރު ފެނެއެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ހިތްހަމަނުޖެހިގެން އުޅެނީ ކުރީގެ ސަރުކާރުން އެރަށުގައި ހަދާފައިވާ ރޯ ހައުސްތައް މި ސަރުކާރުން ބެހިއިރު، ދެރަ ނިކަމެތިންނަށް ނުދީ، ޕީއެންސީގައި އިސްކޮށް އެރަށުގައި ހަރަކާތްތެރިވާ މީހުންގެ އާއިލާތަކަށް ރޯހައުސްތައް ދީފައިވާ ކަމަށް ބުނެއެވެ.

ވިލިނގިލިން މައުލޫމާތު ދިން މީހަކު ބުނީ އިހުތިޖާޖުކުރި އަންހެން މީހާއަކީ ހަތަރު ދަރިން ގޮވައިގެން ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *