ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސްގެ މިދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ރައީސް އޮފީހުން ހަމައެކަނި ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވި ކަމަށެވެ.
މީގެކުރިންވެސް ރައީސް މުއިއްޒު ވަނީ ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި ދާދިފަހުން ރަސްމީ ދަތުރުފުޅެއްވެސް އެ ގައުމަށް ކުރެއްވިއެވެ.