މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް ގާނޫނު އިސްލާހުކުރަން ރައީސް ދަންނަވައިފި

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް ގާނޫނު އިސްލާހުކުރަން ރައީސް ދަންނަވައިފި

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދަންނަވައިފި އެވެ.

ރައީސް މިރޭ އެކްސްގަަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުން ކަމަށެވެ.

“އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި” ރައީސް ވިދާޅުވި އެވެ.

ޗައިނާ، އީރާން، ސައުދީ އަދި ސިންގަޕޫރު ހިމެނޭހެން ބައެއް ގައުމުތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *