40 މީހުންނާއެކު މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރު ކުރަމުންދިޔަ "ލައިފްލައިން" ބޯޓުގެ އިންޖީނު ހުއްޓި، ކޯސްޓްގާޑުގެ އެހީއަށް އެދިއްޖެއެވެ.
ކޯސްޓްގާޑުން މިއަދު ބުނީ، އެ ބޯޓުގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބި ކަމަށެވެ. ބޯޓުގެ އިންޖީނު ހުއްޓުނީ ކާށިދޫގެ އިރުން ކާށިދޫ ކަނޑުގައި ބޯޓު އޮއްވައެވެ. ކޯސްޓްގާޑުން ބުނީ ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެމީހުން ނައިފަރަށް ގެންދިއުމަށްޓަކައި، ސިފައިންގެ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރ ކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފް ކްރާފްޓް ލޯންޗެއް ދަނީ މަސައްކަތް ކުރަމުން ކަމަށް ކޯސްޓްގާޑުން ބުނެއެވެ.