މާވަށު މަރު: ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ހޯދައިފި

މާވަށު މަރު: ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ހޯދައިފި

ލ. މާވަށުގައި މިއަދު މީހަކު މަރާލަން ދިން ހަމަލާގައި ބޭނުންކުރި ވަޅި ފުލުހުމް ހޯދައިފި އެވެ.

މިއަދު ހެނދުނު ދެ މީހެއްގެ ދެމެދުގައި މާވަށުގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ.

މަރުގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި މޫދަށް ފީނައި ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ މަސްތުވާތަކެތިގެ ރެކޯޑް އޮންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި މަރުވި މޫސާ އިބްރާހީމްގެ ވެސް ކުށުގެ ރެކޯޑު އޮވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *