އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް

އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް

އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ހަމަޖައްސައިދީފި އެވެ.

އެ ކްރެޑިޓް ފެސިލިޓީ ހަމަޖައްސައިދިނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ފެއްްޓެވި ރަސްމީ ދަތުުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެެރެއިން އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކްރެޑިޓް ލައިން ފެސިލިޓީ ހަމަޖައްސައިދޭނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށެވެ.

ކްރެޑިޓް ލައިން ފެސިލިޓީ ހިމެނޭ ގޮތަށް މިއަދު 8 އެއްބަސްވުމެއް އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރި އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ކުރުން

ތިމާވެށީ ދާއިރާއިން އެހިތެރިކަން ފޯރުކޮށްދިނުން

މަސްވެރިކަމާ ގުޅޭ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން

ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ގުޅޭ އެއްބަސްވުން

ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުން

އިންޑިއާގެ ޕޭމަންޓް ސިސްޓަމް, ޔޫޕީއައި ރާއްޖޭގައި ފެށުމަ ގުޅޭ އެއްބަސްވުން

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *