މޯދީގެ ދަތުރުފުޅު ޝާހިދު ސިފަކުރެއްވީ ދެގައުމުގެ ގުޅުމުގެ "މުހިންމު ވަގުތުކޮޅެއް"ގެ ގޮތުގައި

މޯދީގެ ދަތުރުފުޅު ޝާހިދު ސިފަކުރެއްވީ ދެގައުމުގެ ގުޅުމުގެ "މުހިންމު ވަގުތުކޮޅެއް"ގެ ގޮތުގައި

  • މިއީ ދިވެހިރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަ ކަމާއެކު ދެމިހުރިކަން ސާފުކޮށް ދައްކުވައިދޭ ކަމެއް
  • ބޮޑުވަޒީރުގެ ދަތުރުފުޅަކީ ރަސްމީ ކަންކަމުގެ ބޭރުން މާ ފުޅާ މާނައެއް އޮތް ކަމެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ ވަޑައިގަތުމަށް ތައްޔާރު ވަމުން ދާއިރު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މި ދަތުރުފުޅު ސިފަ ކުރައްވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ "މުހިންމު ވަގުތެއް" ކޮޅެއްގެ ގޮތުގައެވެ.

އިންޑިއާގެ ނިއުސް ޗެނަލެއް ކަމަށްވާ ވިއޯން ނިއުސްއަށް ދެއްވި އިންޓަވިއެއްގައި ޝާހިދު ވިދާޅުވީ ބޮޑުވަޒީރު މޯދީގެ މި ވަޑައިގަތުމަކީ ހަމައެކަނި ރަސްމީ ކަންކަމުގެ ބޭރުން މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށެވެ.

"މިއީ ދިވެހިރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަ ކަމާއެކު ދެމިހުރިކަން ސާފުކޮށް ދައްކުވައިދޭ ކަމެކެވެ،" ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރީގެ އިންތިޚާބީ ކެމްޕޭން ތަކުގައި ދެކެވުނު ހިތާމަވެރި ވާހަކަ ތަކުން އެއްކިބާވެ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި ސަރަޙައްދީ އެއްބާރުލުމަށް އަލުން އަޒުމް ކަނޑައަޅަންޖެހޭ” ޝާހިދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ބޮޑުވަޒީރު މޯދީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަކީ ދެ ގައުމުގެ ގުޅުން ވަރުގަ ދަވެގެންދާ މަންޒަރުގެ ނިޝާނެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި 60 އަހަރުގެ ޑިޕްލޮމެޓިކް ގުޅުމުގެ މައްޗަށް ބިނާވެފައިވާ މި ގުޅުމަކީ ރަހުމަތްތެރިކަމުގެ މިސާލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

                    

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *