އަންނަ އަހަރު ނ. ވެލިދޫގައި ސީޕްލޭން އޮޕަރޭޝަންސްތައް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވެލިދޫއަށް ވަޑައިގެން ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާބު ވައުދުވެވަޑަގަންފައިވާ ގޮަތަށް ވެލިދޫ. ހޮޅުދޫ އަދި ފޮއްދޫއަށް ހާއްސަކޮށް ނ. ވިިހަފަރުގައި އެއާޕޯޓު އެޅުމުގެ މަސައްްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
އަދި އެއާޕޯޓު ގާއިމުކުރުމުގެ ކުރިންވެސް ނުވަތަ އޭގެ ފަހުންވެސް ބޭނުން ކުރަން ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ
"ސީޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ ރެގިއުލާ ސީޕްލޭން ފަށައި ދޭނަން،" ރައީސް ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން އެ ރަށުގައި ސީއެމްބިއުލެންސް ސްޓޭޝަންއެއްވެސް ވެލިދޫގައި ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވެލިދޫއަށް މަޝްރޫއުތައް ގެންނަން މަސައްކަތް ކުރަމުންދާ އިރު ވެލިދޫ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ. އަދި އެއްބާރުލުން ސަރުކާރުން ނުލިބޭ އިރު އައްބާސް ކަަންކަމަށް ހުރަސް އަޅުއްވައި ކަންކަން މަޑުޖައްސަން އައްބާސް މަސައްކަތް.ކުރަައްވަމުން ގެންދަވާކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.