ހުށަހަޅާ ކޮންމެ 8 މައްސަލައިން 1 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަ: ޝިރާނީ

ހުށަހަޅާ ކޮންމެ 8 މައްސަލައިން 1 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަ: ޝިރާނީ

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅޭ ކޮންމެ 8 މައްސަލަ އަކުން 1 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އެ އޮތޯރިޓީިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ސީއީއޯ އައިމިނަތް ޝިރާނީ ނައީމު މިއަދު ވިދާޅުވީ، އެކަމުންވެސް ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ކަންބޮޑުވާ މިންވަރުގައި އޮތްކަން ދޭހަވާ ކަމަށެވެ.

ޝިރާނީ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގެވެށި އަނިޔާ ހުއްޓުވިފައިވާ މުޖުތަމައެއް ބިނާ ކުރުމަށްޓަކައި އެފަދަ ގޯނާގެ ޝިކާރައަކަށްވާ ފަރާތް ތަކަށް ހިދުމަތް ދިނުމުގައި ސަރުކާރާއި ޖަމިއޔާތަކާއެކު މަސައްކަތް ކުރެވޭނެ ގޮތް ތަކެއް ހޯދުމަށް މަހާސިންތާއެއް ބާއްވާފައިވާ ކަމަށާއި، ކެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމާބެހޭ ގޮތުން އެކި ފަރާތް ތަކާއެކު 80 އަށްވުރެގިނަ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.

"ގެވެށި އަނިޔާގެ މައްސަލަތަކު ރިފަރަލް ޕާތްވޭއެއް ގާއިމްކޮށް ޖަމިއްޔާ ތަކުން ލިބިދޭ ހިދުމަތްތައް އެ ޕާތްވޭއަށް ވަނީ އިތުރުވެސް ކުރެވިފައި. " ޝިރާނީ ވިދާޅުވިއެވެ.

މީގެއިތުރުން ގާނޫނު ތަންފީޒު ކުރުމަށް ހުރި ގޮންޖެހުން ތަކާއި، ކުރިއަށް ރާވާފައި ހުރި ކަންތައްތަކުގެ މައުލޫމާތުވެސް ޝިރާނީ ވަނީ ކޮމިޓީއާ ހިއްްސާ ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *