ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި އެމްޑީީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި އެމްޑީީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ

ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރު މޯދީގެ ދަތުރުފުޅުގެ ތެރެއިން އެމްޑީީގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގެ ވަގުތެއްގައިކަން ރައީސް އޮފީހުންވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެއަށްފަހު އެނބުރި އިންޑިޔާއަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ. އިތުބާރު ހުރިގޮތަކަށް މާލެ ޓައިމްސްއަށް މައުލޫމާތު ލިބުނުގޮތުގައި ބޮޑުވަޒީރު މޯދީގެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ ބައްދަލުވުން ތަކުގެ އިތުރުން އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ.

އެގޮތުން އެމްޑީީގެ ލީޑާރޝިޕްގެ ބޭފުޅުންނާ ބޮޑުވަޒީރު މޯދީ ވަކިވަކިން ބައްދަލު ކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެކަން އިންޑިޔާއިންވެސް އަދި އެމްޑީީޕީ އިންވެސް ރަސްމީކޮށް ކަށަވަރުކޮށް ދީފައިނުވެއެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާނެތޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއާ ސުވާލު ކުރުމުން އެކަން ނުކުރައްވާނެ ކަމަށް ވިދާޅެއްނުވިއެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައިވެސް ވަނީ އެމްޑީީޕީގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވާފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު، އެމްޑީޕީގެ ވެރިކަމުގައި އިންޑިޔާއާއެކު އޮތް ގާތް ގުޅުން ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން ފުރަތަމަކޮޅު ގޯސްވެގެން ދިޔައެވެ. ސަބަބަކީ އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އާއި ޕީޕީއެމް އޮތްއިރު އިންޑިޔާ އާއި ބޮޑުވަޒީރު މޯދީއާ ދެކޮޅަށް ހިންގި އިންޑިޔާ އައުޓް ކެމްޕޭންގެ ސަބަބުންނެވެ.

ނަމަވެސް މިހާރު ދަނީ އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ވަނީ ކުރިއަށްވުރެ ރަނގަޅުވެ، ދެ ގައުމުގެ މެދުގައި އެކުވެރިކަން ރަނގަޅު ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *