ހުޅުމާލޭ ފޭސް ދޭކުން ކަރަންޓު ކެނޑިއްޖެ އެވެ.
ފޭސް ދޭގެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކުން “މާލޭ ޓައިމްސް” އަށް މައުލޫމާތު ދެމުން ބުނީ ކަރަންޓު ކެނޑުނީ މިއަދު 11:26 ހާއިރު ކަމަށެވެ.
ފޭސް ދޭކުން ކަރަންޓު ކެނޑިފައިވާއިރު އެ ސަރަހައްދުން މިއަދު ކަރަންޓު ކަނޑާލާކަން ސްޓެލްކޯއިން ދުރާލާ އަންގާފައިނުވެ އެވެ.
އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާކަން އަދި ސްޓެލްކޯގެ ސަމާލުކަމަށް އައިސްފައިނުވެ އެވެ.