އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ 10 އިންސައްތަ ބޮޑުކުރުމަށް އެމްއެމްއޭއިން ނިންމައިފި އެކަން ހާމަކޮށްފި އެވެ.
އެމްއެމްއޭއުބް މިއަދު ބުނީ އެ ބަދަލު ގެންނަން ނިންމާފައިވަނީ މި ހަފުތާއިން ފެށިގެން ކަމަށެވެ. އެމްއެމްއޭއިން ބުނީ އެ ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަން ޖެހޭ ބޭރު ފައިސާ 60 އިންސައްތައިން 90 އިންސައްތައަށް މަތިކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި 30 އިންސަތައް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.
އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް،މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގައެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތިއެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެ އެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށްބޭނުންކުރެ އެވެ.