އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި  އަހުމަދު މުއުތަސިމް އަދުނާން  މިއަދުން ފެށިގެން މަގާމުން ރިޓަޔާކުރެއްވުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުަވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުން މަތީގެ ސުންނަތް ޖަމާއަތު މުސްލިމަކަށް ވުމާއެކު ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން ހިމެނެ އެވެ.

އިތުރު ޝަރުތުތައް:

  • އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިކުކޮށްފައި ވުން
  • ފަނޑިޔާރުކަމުގައި ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެެރި ނުވުން އަދި ސިޔާސީ މަގާމެއް ފުރަމުންދަ މީހެއްކަމުގައި ނުވުން

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާތީ ސުޕްރީމް ކޯޓުގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *