އެންސްޕާގެ ދަށުން ބޭހަށް ދާނަމަ 2000 ޑޮލަރު ދޫކުރަނީ

އެންސްޕާގެ ދަށުން ބޭހަށް ދާނަމަ 2000 ޑޮލަރު ދޫކުރަނީ

ންސްޕާގެ ދަށުން ރާއްޖެއިން ބޭރަށް ބޭހަށްދާ ދިވެހީންނަށް  2000 ޑޮލަރު ދޫކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު އެކްސްގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، އަންނަ މަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އަދި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ވެސް އަންނަ މަހުން ފެށިގެން ވެސް. 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

އެ ނިންމެވުން ރައީސް މުއިއްޒު ނިންމެވި އިރު ޑޮލަރުގެ ތާށިކަން ވަރަށް ބޮޑުވެ ޑޮލަރުގެ އަގު މިހާރު ވަނީ 20 ރުފިޔާއިން ވެސް މައްޗަށް އަރައިފަ އެވެ.

ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ވެސް ބީއެމްއެލް މެދުވެރިކޮށް 500 ޑޮލަރު ވެސް ދޫކުރެ އެވެ.

އަދި މި ފަހުން ހައްޖަށާއި އުމްރާއަށް ދިޔަ މީހުންނަށް ޑޮލަރު ލިމިޓް މަތިކޮށްދިން އިރު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް ޑޮލަރު ލިމިޓް ވަނީ މަތިކޮށްދީފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *