ބޭރު ގައުމުތަކުގައި ހުންނަ ވިޔަފާރީގެ ގޮފި ތަކުން ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރޭ، ފިޔަވަޅެއް ނޭޅެނީ ކީއްވެ: މޫސަ

ބޭރު ގައުމުތަކުގައި ހުންނަ ވިޔަފާރީގެ ގޮފި ތަކުން ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރޭ، ފިޔަވަޅެއް ނޭޅެނީ ކީއްވެ: މޫސަ

ރާއްޖޭން ބޭރު ގައުމު ތަކުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ ވިޔަފާރި ކުންފުނި ތަކުގެ ގޮފި ތަކުން، ރާއްޖެ އައިސް ރާއްޖޭގައި ބިދޭސީން  ވިޔަފާރި ކުރަމުންދާ ކަމަށާއި، އެކަމާމެދު ފިޔަވަޅެއް ނޭޅޭތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީީގެ ކުރީގެ ޗެއާާސަން ރީކޯ މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

ގަވައިދާ ޚިލާފުވާ ވިޔަފާރިވެރިން ޖަލަށް ލެވޭ މާއްދާތަކެއް ހިމަނައި ބޭހާއި ބެހޭ ގަވައިދު ތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާތީ، އެ ވާހަކައަށް ރައްދު ދެއްވައި މޫސަ އެކްސްގައި ވިދާޅުވީ، "ދިވެއްސަކު ވިޔަފާރިއެއް ކުރަންޏާ ދަމާގެންގޮސް ޖަލަށްލާ އަދަބުވެސް ދެވޭތޯ ބަލާ" ކަމަށެވެ. އެކަމަކު ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީންނާމެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ މޫސަ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މިރާއްޖޭގައި ގަވާއިދާ ޚިލާފަށް ކުރާހާ ވިޔަފާރިއާމެދު ފިޔަވަޅެއް ނާޅަނީ ކީއްވެތޯ؟ އެހެން ޤައުމުތަކުގާ ރަޖިސްޓަރީ ކޮށްފަ ހުންނަ ވިޔަފާރީގެ ގޮތްޕެއްގެ ނަމުގަ މިޤައުމުގަ ކުރާ ވިޔަފާރި ހުއްދަކޮށްގެން މުޅިރާއްޖެ ހަލާކުކޮށްފި. އެފަދަ ވިޔަފާރިތަކުގެ ޓެކްސް އަދި ޕޭމެންޓްވެސް އެދަނީ ބޭރު ޤައުމެއްގެ އެކައުންޓް ތަކަށް." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އަވައްޓެރި ގައުމުތަކުގެ މީހުން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް މަސް ދުވަހު ރާއްޖޭގައި އުޅުމަށްފަހު، ގަވައިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ބްލެކް މާކެޓުން ޑޮލަރު ގަނެގެން ފުރައިގެންދާ ކަމަށެވެ. ނަމަވެސް އެކަން ބަލާނެ މީހަކު އެބަހުރިތޯ މޫސަ ސުވާލު އުފެއްދެވިއެވެ.

މޫސަ ވިދާޅުވެފައި ވަނީ ޑޮލަރުގެ ވަގު ބާޒާރު ހުއްޓި، ދިވެހިން ކުރަމުން އައި ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ލިބޭނީ، އެކަން ކުރާ ބިދޭސީންނާމެދު ސަރުކާރުން ގާނޫނު ތަންފީޒު ކޮށްގެން ކަމަށެވެ. އަދި ބިދޭސީންގެ އަތުގައި ވިޔަފާރީގެ ބާރުތައް އޮތްހާ ދުވަހަކު ޑޮލަރުގެ ވަގު ބާޒާރު ނުހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *