ފުލުހަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ހޯދަނީ

ފުލުހަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ހޯދަނީ

ފުލުހުންގެ ތަހުގީގަށް ބޭނުންވެގެން އުޅޭތަނެއް ނޭނގޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2ގެ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އޭނާގެ މައުލޫމާތު އިއުލާނުކުރާކަމަށެވެ.

ހާޒިރު ކުރަން ބޭނުންވެގެން ހޯދަނީ، ޅ. ކުރެންދޫ / ކޯރަމް، ޢަލީ މަދީޙް (29އ)އައިޑީކާޑު ނަންބަރު: A215179 ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާ ހާޒިރުކުރަނީ މައްސަލައެއްގެ ތުހުމަތުގައި، ތަހުގީގަށް ސުވާލުކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.  ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް، މިމަހު 27 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށްވެސް ފުލުހުން ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *