އދ. ގެ އާންމު މަޖިލީހުގެ 69 ވަނަ ރައީސް އަދި އުގަންޑާގެ ކުރީގެ ފޮރިން މިނިސްޓަރު ސޭމް ކުޓީސާއާއި، އދ. އާންމު މަޖިލީހުގެ ކުރީގެ ރައީސް، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކުވެރި ސޭމް އާ ބައްދަލުކުރަން ފުރުސަތު ލިބުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.
ސޭމްއާ ބައްދަލުކޮށް ދުނިޔޭގައި މިވަގުތު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން އޭނާގެ ހިޔާލު އަބަދުވެސް އަޑުއަހާލާ ހިތްވާކަމަށް ޝާހިދު ވިދާޅުވި އެވެ.
އދ.ގެ ލީޑަރޝިޕް ރާއްޖެއިން އަދާކޮށްފައިވާއިރު، އދ.ގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބު ވެވަޑައިގެންފައި ވަނީ 2021 ޖޫން 7 ގައެވެ. މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ.
ޝާހިދުގެ ދައުރު އދ.ގައި ހަމަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން އދ.ގެ އެންމެ މަތީ މަގާމު ހޯދައި، ދުނިޔޭގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން
ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރައްވާފަ އެވެ.