އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައީސް މުއިއްޒުއާއި ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައީސް މުއިއްޒުއާއި ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގެ ސްޕީކާ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސާ ލިންޑްޒޭ ހޮޔިލް އެމް.ޕީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ ލަންޑަންގެ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ، ސްޕީކާޒް ހައުސް ގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަމާއި ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި އޭގެފަހުން އެމަނިކުފާނު ވަނީ ޕެލަސް އޮފް ވެސްޓްމިންސްޓާ ބައްލަވާލައްވާފަ އެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ހެއްކެކެވެ.

ރައީސް މުޢިއްޒު އިނގިރޭސި ވިލާތުގައި މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެލެއްވުމަށް ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *