ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭއިރު މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ރައީސުންނަށް ދައުވަތު އަރުވަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރީގެ ރައީސުންގެ އިތުރަށް ކުރީގެ ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގޮތަށް ނިންމެވީ މި ގައުމަށް ހިދުމަތް ކުރައްވާފައިވާ ރައީސުންނާއި ނައިބު ރައީސުންނަށް އަރުވަން ޖެހޭ ހައްގު އިހުތިރާމު އަދާކުރެއްވުމަށް ކަމަށެވެ.
އަދި އެއީ ރާއްޖޭގެ ސިޔާސީ ސަގާފަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށަގަންނަވަން ބޭނުންވާ އަހުލާގީ ބަދަލުގެ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ.
ނައިބު ރައީސްގެ މަގާމަކީ ފެހި ގާނޫނުއަސާސީއާ އެކު އުފެދިގެން އައި މަގާމެކެވެ. މިހާތަނަށް އެ މަގާމު ފުރުއްވި ބޭފުޅުންނަކީ މުހައްމަދު ވަހީދުއްދީން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، އަހުމަދު އަދީބު، އަބްދުﷲ ޖިހާދު، އަދި ފައިސަލް ނަސީމެވެ.
މިނިވަން ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވެސް އޮންނަ އިރު، އެ ރަސްމިއްޔާތަށް ވެސް ކުރީގެ ރައީސުންނަށް ދައުވަތު އަރުވައިފަ އެވެ.