އެކްސިޑެންޓުގައި މަރުވީ ތޭރަވާއާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު

އެކްސިޑެންޓުގައި މަރުވީ ތޭރަވާއާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވެފައިވަނީ މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ދަރިފުޅުކަން ޔަގީންވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ. ސައިކަލު ދުއްވާފައި އައި ބާރުމިނުގެ ސަބަބުން މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހި، އޭނާ ވިއްސައިގެން ދިޔައިރު ސައިކަލު ގޮސް ޖެހުނީ ލޮރީއެއްގެ ކުރިމައްޗަށެވެ.

އެނގިފައިވާ ގޮތުގައި އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލުގަ އެވެ. އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ އާއި އެކްސިޑެންޓުގައި ދެން އަނިޔާވީ އުމުރުން 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *