އާޓާމިނަލްގެ ކްރެޑިޓް އެއްވެސް ރައީސަކަށް ނެތް، އެއީ ރައްޔިތުންގެ ފައިސާއިން ހެދިތަނެއް: މޫސަ

އާޓާމިނަލްގެ ކްރެޑިޓް އެއްވެސް ރައީސަކަށް ނެތް، އެއީ ރައްޔިތުންގެ ފައިސާއިން ހެދިތަނެއް: މޫސަ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އާޓާމިނަލްގެ ކްރެޑިޓް ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށްވެސް އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސަށްވެސް ނުނެގޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރިން ކުރެއްވި މޫސަ، އާޓާމިނަލްގެ ބަހުސްގައި އެކްސްގައި ވިދާޅުވީ، ފަސް އަހަރަށް ރައީސަކު ހޮވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ކަމަށެވެ. އެހެންވެ، ދިވެހި ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ހަދާފައިވާ އާޓާމިނަލްގެ ކްރެޑިޓް ނަންގަވައި "ފޮނިކަނޑާހެން ދިވެހިންގެ އެއާޕޯޓަށް" ނުހެދުމަށް މޫސަ ގޮވާލެއްވިއެވެ.

މޫސަ ވިދާޅުވީ، ދިވެހި ރައްޔަތުން ދިން ވޯޓަކުން ވެރިކަމަށް ހޮވިގެން، ދިވެހި ޤާނޫނު އަސާސީގެ 115  ވަނަ މާއްދާއިން ބާރު ދިނުމަށްފަހު، ދިވެހި ރައްޔަތުންގެ ޓެކްސް ފައިސާއިން މުސާރަ ދެއްވާފައި، ދިވެހިންގެ ބޮލުގައި ދަރަނި އަޅައިގެން، ލޯނު ނަގައިގެން ތަރައްޤީގެ މަސްރޫޢުއެއް ހިންގަނީވެސް ބޭރުގެ ކޮންސަލްޓެންޓުންނާ، ފަރުމާވެރިންނާއި، އިންޖިނޭރުންނަށް ދިވެހި ރައްޔަތުންގެ ފައިސާ ދީގެން ކަމަށެވެ.

ހުޅުލޭއެއާޕޯޓުގައި ކުރާހާ މަސައްކަތެއްގެ ކުރެޑިޓު މިރާއްޖޭގަ ވެރިކަން ކުރިހާމީހަކާއި، ވެރިކަމުގާ ހުރި މީހަކު ނަގައގެން އަމިއްލަގޯތީގައި މަހުމުސާރައިން ކޮޓަރިއެއް ހަދާފަ، ފޮނިކަނޑާހެން ދިވެހިންގެ އެއާޕޯޓަށް ނަހަދަމާ ބަހީ، މީދިވެހީންގެ ތަނެއް" މޫސަ ވިދާޅުވިއެވެ.

އާ ޓާމިނަލްގެ ބަހުސްގައި އެކިފަރާތްތަކުން ދަނީ އެކި ރައީސުންނަށް ކްރެޑިޓް ދެމުންނެވެ. އެއްބަޔަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އަނެއް ބަޔަކު ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހަށެވެ. އަނެއް ބަޔަކު މިހާރުގެ ރައީސް ޑރ. މުޙަންމަދު މުއިއްޒަށެވެ.

އާޓިމަލްގެ ބިންގާ ފުރަތަމަ އެޅިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުއެވެ. އެއަށްފަހު ޓާމިނަލްގެ ކުރެހުމަށް ބަދަލުތަކެއް ގެނެސް، ރައީސް ސޯލިހުގެ ވެރިކަމުގައި މަސައްކަތުގެ ބޮޑުބަޔެއް ނިންމިއެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު އައިސް ނުނިމިހުރި މަސައްކަތް ނިންމައި، ޖުލައި 26 ގައި ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *